English Edition
Dhivehi Edition

ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ

މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ދަރިވަރުންނާއި ޓީޗަރުންނަށް ދޭނީ ޑިޖިޓައިޒްކުރުމުގެ މަގުސަދުތައް ހާސިލްވާނެ ފަދަ ޓެބްލެޓެއް ކަމަށާއި އެގޮތުން ދެ ވަނަ ޓާމުން ފެށިގެން ބޭނުންކުރާނީ، ވާވޭގެ މީޑިއާޕެޑް ޓީ3 ޓެބްލެޓް ކަމަށެވެ. މީގެ އިތުރުން ޝަފީއު ވިދާޅުވީ ޑިޖިޓައިޒް ކުރަން ސްކޫލުތަކަށް އިންޓަނެޓް ގުޅުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުން ކުރުމަށް 70000 އަށްވުރެ ގިނަ ޓެބްލެޓް ގަތުމަށް މިނިސްޓްރީން މެކްސްކޮމް ކުންފުންޏާ ހަވާލުކޮށްފައިވާއިރު މިހާރު އޭގެ ތެރެއިން ބައެއް އެއްޗެހި ވަނީ ރާއްޖެ ގެނެސްފަ އެވެ. ޓެބްލެޓް ބޭނުންކޮށް ސްކޫލުތައް ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ