English Edition
Dhivehi Edition

ފުލުހުން ތަޙްޤީޤު ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ އޮފިޝަލް ވެބްސައިޓް ގައި ބުނެފައިވާ ގޮތުގައި މިދެމީހުން ހޯދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ދެމައްސަލައަކާ ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ސ.ހިތަދޫ، ރޭއަލިވާގެ، އިބްރާހީމް ސިރާޖް ( 47އ) އާއި ގދ.ތިނަދޫ، އާރލަކްސް، އަޝްރަފް މުޙައްމަދު ( 36އ) އެވެ.

ފުލުހުން ވަނީ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ކުރި އިއުލާނުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.