އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ. އަތޮޅު ބުރުގައި މިއަދު ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ހިތަދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ
ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހިވީރު ކުޅުނު މެޗު ހިތަދޫއިން ކާމިޔާބުކޮށްފައިވަނީ މަރަދޫ ފޭދޫ 3-0 ލަނޑުން ބަލިކޮށްގެންނެވެ.
މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި އިބްރާހިމް ސިރާޖްގެ ލަނޑުން ހިތަދޫ ލީޑު ނަގާފައިވާއިރު ހިތަދޫ އިން ވަނީ ފުރަތަމަ ހާފް ނިމުގެ ކުރިން މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.މި ލަނޑު މެޗުގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިބްރާޙިމް ސައީދުއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފް ދެލަނޑު ކުރީގައި އޮވެ ހިތަދޫ އިން ނިންމާލި އިރު މުޅި މެޗު ފެށުނީ ސުރެން މޮޅު ކުޅުމެއް ދައްކަމުން ދިޔަ ހިތަދޫ އިން ވަނީ މެޗުގެ 73 ވަނަ މިނެޓްގައި އެޓީމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ޝިފާއުއެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު ސ. އަތޮޅުގެ ހަތަރު ރަށަކުން 4 ޓީމް ވާދަ ކުރެއެވެ. އެއީ ހިތަދުއާއި ފޭދޫގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫއެވެ.
މިމިމުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހަވީރުގައެވެ.
އަންނަ ބުދަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ދެ އަހަރު ވެސް މިމުބާރާތުގެ ފައިނަލްގައި ވާދަ ކުރި ފޭދޫ އާއި ހިތަދޫއެވެ.