English Edition
Dhivehi Edition

ސަލްމާން ޚާން އަބަދުވެސް ބަލަނީ އޭނާގެ ސަޕޯޓަރުންނަށް ހިތްހަމަޖެހޭ ފަދަ ފިލްމު ތަކެއް ގެނެސް ދެވޭތޯ އެވެ. މި ފަހަރު އީދު ހަދިޔާއަކަށް ގެނެސްދޭން އުޅެނީ އޭނާގެ ފިލްމު “ރޭސް 3″އެވެ

ހެއްވާ މަޖާ މަންޒަރުތަކުން ސަޕޯޓަރުން ހެއްވާލާ،ގަދަ ތަޅާލުން ތަކުން މީހުން ހައިރާން ކޮށްލާ މި އެކްޓަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ މަޤްބޫލުކަމާއި ލޯބި ހޯދާފައިވާ ތަރިއެވެ. ލޯބީގެ މަންޒަރު ތަކުން ފެށިގެން ހިތްދަތި އެތައް މަންޒަރެއް ވަރަށް ފުރިހަމަ ކަމާއިއެކު ދައްކުވައިދޭ މި އެކްޓަރުގެ މި ފަހަރުގެ ފިލްމަކީ މި ފަދަ އެތައް މަންޒަރު ތަކެއް ފެނިގެން ދާނެފިލްމެވެ

ސަލްމާން ޚާން އާއި ޖެކްލިން ލީޑުން ފެނިގެންދާ މި ފިލްމުގައި އެ ދެތަރިންގެ އިތުރުން ބޮބީ ޑިއޯލް، ޑެއިޒީ ޝާހް، ސާޤިބް ސަލީމް ފެނިގެން ދާނެ އެވެ. މީގެ އިތުރުން އާއިލާގެ އިސް މީހާގެ މަޤާމުން އަނިލް ކަޕޫރު ފެނިގެންދާނެ އެވެ. މި ފްރެންޗައިސް ސިލްސިލާގެ ކުރީގެ 2 ފިލްމުން ވެސް އަނިލް ކަޕޫރު ވަނީ ފެނިގެން ގޮސްފައެވެ

ސަލްމާން ޚާން ފިލްމްސް އާއި ޓިޕްސް އިންޑަސްޓްރީޒް ގުޅިގެން އުފެއްދި މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ރެމޯ ޑިސޫޒާއެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ސަލްމާން ޚާން އަދި ރަމޭޝް ތައުރާނީއެވެ

މި ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ