English Edition
Dhivehi Edition

އިންޓަނޭޝަނަލް ފްރޭންޑްލީގައި ރޭ ދުނިޔޭގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދާފައިވާ ޖަރުމަނާއި އާއި ސްޕެއިން ބައްދަލު ކުރި މެޗު ހަމަހަމަ ވެގެން ނިމިއްޖެއެވެ.

ރޭ ކުޅުނު ބައިނަލް އަގުވާމީ އެކުވެރި ކަމުގެ މެޗުގައި މި ދެޓީމް ބައްދަލު ކުރި މެޗު ނިމިފައިވަނީ ދެ ޓީމް 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ޖަރުމަނުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައިގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ސްޕެއިންނުނެވެ. މި ލަނޑު މެޗުގެ ވަރަށް ކުރީ ކޮޅު ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ ދިން ބޯޅައަކުން ރޮޑްރިގޯ ކާމިޔާބުކޮށްދިން އިރު އަމިއްލަ ދަނޑުގައި ޖަރުމަނަށް އެއްވަރުކޮށްދިނީ 35 ވަނަ މިނެޓުގައި ތޯމަސް މުލާ އެވެ.

މި މެޗާ އެކު ދެ ޓީމުން ވެސް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ފަހުން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރިކޯޑަށް ދަމަހައްޓާފައެވެ.

އެކުވެރިކަމުގެ އިތުރު މެޗެއް މި ދެ ޓީމު މިއަންނަ އަންގާރަ އަންގާރަ ދުވަހުގެރޭ ވަނީ ވަރުގަދަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައެވެ.މި ގޮތުން އެ ރޭ ކުޅޭ މެޗުގައި ސްޕެއިން ނިކުންނާނީ އާޖެންޓީނާ އާއި ދެކޮޅަށެވެ. ޖަރުމަނު ނިކުންނާނީ ބްރެޒިލް އާއި ދެކޮޅަށެވެ.