މިހާރު އިދިކޮޅުގައި ތިއްބެވި ލީޑަރުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ހަގީގަތްތައް ކުރިން ވިދާޅުވެފައި ކަމަށާއި އެ ބޭފުޅުންގެ ދުރުވިސްނުމެއް ނުވަތަ ހާސިލްކުރަން ބޭނުންވާ ވަކި ލަނޑުދަނޑިއެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ
ރޭ ގއ. ވިލިނގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުލިބިގެން އުޅޭ ސަބަބަކީ އިދިކޮޅު ފަރާތްތަކުގެ މިސްރާބެއް އަދި އެއްވެސް ކަހަލަ ޕްލޭނެއް ނެތުންކަމަށެވެ.
ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ސައީދު ވިދާޅުވީ ޔާމީން ގައުމާ ހަވާލުވެވަޑައިގެންނެވީ ގައުމު އަނދިރިކަމަކަށް ވައްޓާލައި ނާމާންކަމެއްގެ ތެރޭގައި އޮއްވައި ކަމަށެވެ. އަދި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތުން އިތުރު ދައުރަކަށް ޖާގަ ދެއްވަން ޖެހޭ ކަމަށް ސައީދުވަނީ ވިދާޅުވެފައެވެ