English Edition
Dhivehi Edition
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: މިހާރު

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ، އިންޓަނޭޝަނަލް ޓާމިނަލްގައި ރެސްޓޯރަންޓަކާއި، ޓަކް ޝޮޕެއް އަދި ޑޮމެސްޓިކް ޓާމިނަލްގައި ޓަކް ޝޮޕެއް ހިންގާނެ ބަޔަކު ހޯދަމަށް، އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ހުޅުވާލާއިފިއެވެ

އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރެސްޓޯރަންޓާއި ޓަކް ޝޮޕް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. އެ ކުންފުނިން ކޮށްފައިވާ އިއުލާން ގައި ބުނެފައިވަނީ މިކަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ އަންނަ މަހުގެ 12 ގެ ކުރިން މެއިލްއަކުން އަންގައި ދޭން އެދޭ ކަމަށެވެ

ގަން އެއާޕޯޓަށް މި ވަގުތު އޮޕަރޭޓް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސްއެވެ