English Edition
Dhivehi Edition

ރާއްޖޭގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލީ ރައީސް ޔާމީނަށް އޭގެ ބޭނުން ކެނޑުމުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުއްލި ހާލަތު ނިމުމަކަށް ގެނައިކަން އިއުލާން ކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ

ރައީސް ޔާމީން ވަނީ އަދުލު އިންސާފުގެ ނިޒާމު ފުނޑާލާފައިކަމަށާއި، ޤާނޫނާ ޚިލާފަށް އެތައް ބަޔަކު ޙައްޔަރުކޮށްފައިކަމަށެވެ.

ރާއްޖެ ފުރިހަމަ ޑިކްޓޭޓަޝިޕަކަށް ވަނީ ވެފައި. ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ އެހާލަތުގެ ބޭނުން އިތުރަށް ނެތުމުން” ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ”

މިއާއެކު ނަޝީދު ވިދާޅުވަނީ މި “ކޯޅުން” ހުއްޓާނުލައްވާނެ ކަމަށާއި، ގޮތް ދޫނުކުރައްވާނެކަމަށެވެ.

ކުއްލި ހާލަތު މިއަދު 12 ޖެހި އިރު ނިމުމަކަށް ގެނެސްފައިވާ އިރު ކުއްލި ހާލަތު އިއުލާން ކުރިތާ މިއަދަށް 45 ދުވަސް ވާނެއެވެ.

ކުއްލި ހާލަތު މިއަދު ނިމުމަކަށް ގެނެސްފައިވީ ނަމަވެސް ގައުމީ ސަލާމަތަށް ކުރިމަތިވި ނުރައްކާ މުޅިން ފިލައިގެން ނުދާ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.