English Edition
Dhivehi Edition

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އިލެކްޓްރޯނިކް ވޯޓިން ރާއްޖެއަށް ތައާރަފްކުރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށާއި، އިންތިހާބުގައި އިލެކްޓުރޯނިކް ވޯޓިން ބޭނުން ނުކުރާނެކަމުގެ ޔަޤީންކަން އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން ނޫސްވެރިންނާއި އެކު ބޭއްވި ނުރަސްމީ ބައްދަލުވުމުއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގައި ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެންމެ ފަހުގެ ޒަމާނީ ގޮތްތައް ބޭނުންކުރުމުގެ ވިސްނުން އެ ކޮމިޝަނުން އަބަދުވެސް ގެންގުޅޭކަމަށެވެ. އެފަދަ ވޯޓިން ނިޒާމެއް ރާއްޖެ ތައާރަފްކުރަން ގާނޫނަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ ކުރިން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އޮންނާނީ ނޯމަލް ވޯޓިންއަކާއި، ނޯމަލް ކައުންޓިން އެއް ކަމަށެވެ.

އަދި އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބާއި ބެހޭ ޤާނޫނަށް ގެންނަ ބޭނުންވާ ބައެއް އިސްލާހުތައް އޭޖީ އޮފީސް މެދުވެރިކުރައްވާ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މި ބަދަލުތަކަކީ، ދެހާސްތޭރަވަނަ އަހަރު ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕުރީމްކޯޓުން ކަނޑައެޅުއްވި ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގެންނަން ހުށަހަޅަފައި ވާ ބައެއް ބަދަލުތަކެއް ކަމަށެވެ