އިނގިރޭސި އެފްއޭކަޕުގެ ސެމީގައި މިފަހަރު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު މެންޗެސްޓަ ޔުނައިޓެޑް އާއި ޓޮޓެންހަމް ބައްދަލުކުރަން ޖެހުނު އިރު އެންމެ ފަހުގެ ޕްރިމިއަ ލީގުގެ ޗެމްޕިއަން ސައުތްހަމްޓަން އާއި ކުޅެން ޖެހިއްޖެއެވެ.
މުބާރާތުގައި ސެމީގައި ބައްދަލުކުރަން ޖެހޭ ޓީމްތަށް ފައިނަލް ވެފައިވަނީ ސެމީއަށް ދިޔަ ޓީމްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ.
ވެންބްލީ ސްޓޭޑިއަމްގައި ކުޅޭ މި ސެމީ ފައިނަލް ފުރަތަމަ މެޗުގައި މެންޗެސްޓަ ޔުނައިޓެޑް އާއި ޓޮޓެންހަމް ބައްދަލުކުރާ އިރު ދެވަނަ ސެމީގައި ކުޅޭނީ ޗެލްސީ އާއި ސައުތްހަމްޓަންއެވެ.
މެޗުތަކުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބިގެންދާއިރު މި ސީޒަންގެ އެފްއޭކަޕު ފައިނަލް ވަރަށް ފޯރިގަދަ ވާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތަކުން ބުނެއެވެ.
މިއަހަރުގެ މުބާރާތަކީ މިއިން ކޮންމެ ޓީމަކަށް ވެސް ކާމިޔުބު ކުރެވެން އޮތް ހަމަ އެކަނި މުބާރާތެވެ.