ރޭ އިނގިރޭސި އެފްއޭކަޕް ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން، އިނގިރޭސި ޗެލްސީއިން ލެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ސެމީން ޖާގަ ހޯދައިފިއެވެ.
ރޭގެ ކުޅުނު ފޯރިގަދަ މިމެޗު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރުވަގުތުގައި ޕެޑްރޯ ކާމިޔާބުކޮށްދިން ގޯލުން 2-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭ ކުޅުނު ފޯރިގަދަ މިމެޗުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ޗެލްސީންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް މި ލަނޑު އެޓީމަށް ޖަހައިދިނީ ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާއެވެ. މޮރާޓާގެ މި ލަނޑަކީ 13 މެޗު ލަނޑު ނުޖެހި އޮތުމަށް ފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެއެވެ.
މޮރާޓާގެ ލަނޑުން ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ޗެލްސީއިން ލީޑު ނެގި ނަމަވެސް މެޗުގެ ނިމެން ކައިރިވެފައިވަނިކޮށް ލެސްޓާގެ ޖޭމީ ވާޑީ ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ނަތީޖާ 1-1 ކުން އެއްވަރުވުމާއި އެކު މެޗުގައި ނަތީޖާއެއް ނެރުމަށް ކުޅުނު އިތުރުވަގުތުގެ ދެ ހާފްވަނީ ކުޅެފައެވެ. މިގޮތުން ޗެލްސީއިން ވަނީ އިތުރުވަގުތުގެ 105 ވަނަ މިނެޓްގައި ޕެޑްރޯވަނީ ލަނޑެއް ޖަހާ ޗެލްސީއަށް މެޗުން ކުރި ހޯދައިދިނީ މިސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ ސެމީއަށް ފޮނުވާލަދީފައެވެ.
މި ނަތީޖާއާއެކު ޗެލްސީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާއިރު ސެމީގައި ޗެލްސީ ބައްދަލު ކުރާނީ ސައުތްހަމްޓަނާއެވެ.