މިއަހަރުގެ އެސްޓީއޯ ރޯދަ ޕްރޮމޯޝަން ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާ އެކު ފަށައިފިއެވެ
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓާއި، އިލެކްޓްރޯނިކްސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ ރަމަޒާން ބާޒާރު’ އިއްޔެ ފެށިފައިވާއިރު މި ޕްރޮމޯޝަން މޭމަހު 31 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ
މިޕްރޮމޯޝަންގައި އެސްޓީއޯ އިލެކްޓްރޯނިކްސް އިން 500ރ. ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލްސް ފިހާރަތަކުން 1000ރ. ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް 500،000 ރުފިޔާ ގެ އަގުހުރި އިނާމް ލިބިގެންދާނެއެވެ
ރޯދަ މަހާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް އެސްޓީއޯ އިން އަންނަނީ ވަރަށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ