އައްޑޫސިޓީ ހުޅުދޫ އަވަށުގެ ކުރީގެ ސަދަންޕޮއިންޓް ރެސްޓޯރަންޓް ހިންގި އިމާރާތް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ
މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި، ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 25 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ދެމެދު [email protected] އަދި adducity.gov.mv މެއިލްކޮށްދެއްވުމަށް އެ އިދާރައިންވަނީ އެދިފައެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެކަމަށާއި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށް ކައުންސިލް އިދާރާއިންވަނީ ބުނެފައެވެ