English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަލީ ހަމީދުގެ އަނބިކަނބަލުން މިދިޔަ މަހު ރިޝްވަތުގެ މައްސަލައަކާއި ގުޅިގެންހައްޔަރުކޮށްފައިވާއިރު މިވަގުތު އޭނާ ހުންނެވީ ގޭބަންދު ގައެވެ .

ނާސިރާ ގޭބަންދަށް ބަދަލުރީ އޭނާގެ ސިއްހީ ހާލަތު ބޮޑުވުމުން އެކަމާ މެދު އާއިލާއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު ނާސިރާގެ ބޮޑު ދެ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ. އަދި ހައްޔަރުކޮށްފައިވަނީ އިތުރު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ނާސިރާގެ އާއިލާއިން މީގެކުރިން ބުނެފައިވާ ގޮތުގައި ފުލުހުންގެ ބަންދަށް ގެންދިޔަ ފަހުން ނާސިރާގެ ހަށިގަނޑު ދުޅަވެ، ގައިގައި ރިއްސާ، އިންފެކްޝަން އުފެދިފައެވެ.

ނާސިރާ ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.