English Edition
Dhivehi Edition

ފުލުހުން ހައްޔަރު ކުރި ގާނޫނީ ވަކީލު އަހުމަދު ތާލިބުގެ ލޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާ ގައި ދައުރުވަމުން އެބަދެއެވެ

ފުލުހުން އޭނާ ހައްޔަރު ކުރީ އިއްޔެ ރޭ ދަންވަރު 2:30 ހާއިރު ޗާންދަނީ މަގު ދާރުލް އާސާރު ކައިރިން ކަމަށް މައުލޫމާތު ލިބެވެ. ތާލިބު ހައްްޔަރު ކުރީ އިތުރު މީހަކާއެކު ޕޭމަންޓު މަތިން ހިނގާފައި ދަނިކޮށްކަމަށްވެއެވެ

ތާލިބު ގެ ފޭސްބުކް ގައި އެފޮޓޯ ޕޯސްޓްކޮށްފައި ލިޔެފައި ވާގޮތުގައި “ފުލުހުން ފަހަތުން އައިސް ގަދަކަމުން އޭނާ ފުލުހުންގެ ޕިކަޕެއް ތެރެއަށް އެރުވި ކަމަށެވެ. “ޕިކަޕު ތެރޭގައި ފުލުހުން ތިބީ މާސްކު އަޅައިގެންކަމަށްވެސް އެ ޕޯސްޓްގައި ލިޔެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ތާލިބް އާއި ގުޅޭގޮތް ނުވުމުން ސާފެއްނުވެއެވެ

ތާލިބަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުކަން ވެސް ކޮށްފައިވާ ބޭފުޅެކެވެ