ފުލުހުންގެ ނަމުގައި ވީޑިއޯ އާންމު ކުރަނީ ރާއްޖެޓީވީ އިން ކަމަށް ޕީޕީއެމް އިން ތުހުމަތުކޮށްފިއެވެ
މިރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މީގެ ކުރިންވެސް ފުލުހުން އެމްޑީޕީއާ ގުޅޭނެކަމަށް ވިދާޅުވެ ނެރެފައިވާ ވީޑިއޯތަކަކީ ރާއްޖެ ޓީވީން ހިންގާފައިވާ ޖަރީމާތަކެއް ކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ މި މިޖަރީމާ ފުރަތަމަ ފަހަރަށް ސްކްރިޕްޓްކޮށް މަސައްކަތްތައް ކުރިއަށްގެން ގޮސްފައިވަނީ 2012 ވަނަ އަހަރުގައި ކަމަށެވެ
ޕީޕީއެމްގެ ތުހުމަތުތަކާއި ބެހޭ ގޮތުން ނިހާން ވިދާޅުވީ ރާއްޖެ ޓީވީން މިކަން ކުރަމުންދަނީ މުހައްމަދު ނަޝީދު ސަރުކާރުގައި އިންޓަލިޖެންސްގެ ހެޑެއްގެ ގޮތުގައި ހުންނެވި ސިފައިންގޭގައި އުޅުނު މީހަކު ލައްވާ ސްކްރިޕްޓް ލިޔެ ތައްޔާރުކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ މިފަދަ ވީޑިއޯތަކުގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައު ފިތުނަ އުފައްދާ ފުލުހުންގެ ސަފުތައް ރޫޅާލުން ކަމަށެވެ