އައްޑޫ ހައި ސްކޫލުގައި މިހާރު ތިބި ކުދިންނަކީ މުސްތަޤްބަލުގައި އައްޑޫ ސިޓީ އަދި ޤައުމުގެ އިސް މަޤާމްތަކުގައި ތިބޭނެ ކުދިން ކަމުގައި އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވެއްޖެއެވެ
ނަދީމް ރޭ ވިދާޅުވީ އައްޑޫ ހައި ސްކޫލްގައި ބޭއްވުނު އެ ސްކޫލް ކުދިންގެ ތެރެއިން އިސް ދަރިވަރުން އަދި ޕްރިފެކްޓުން މަޤާމާއި ޙަވާލުވުމާއި އިޤްރާރު ވުމުގެ ރަސްމިއްޔާތުގައެވެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީއެވެ
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ސްކޫލްގެ ލީޑިންގ ޓީޗަރު އިބްރާހީމް ރުޝްދީވަނީ ކުރެވޭ ހުވާ ގެ މުހިއްމު ކަމާއި އެކަމުގައި އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙުކުމުގެ މައްޗަށް ވަރަށް ތަފްޞީލްކޮށް އަލިއަޅުވާލެއްވިއެވެ. ހުވާ ކުރުމަށްފަހު އެ އުވާލާ މީހާއަށް ހުރި ވޭންދެނިވި ޢަޒާބުގެ މައްޗަށް ވާހަކަ ދައްކަވަމުން ވެވޭ އިޤްރާރަށްފަހު ހުރިހާ ކުދިން އެ އިޤުރާރު މަތީގައި ދެމިތިބުމަށް ނަޞޭޙަތްތެރިވިއެވެ
އެއަށްފަހު ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ދަރިވަރުންނާއި މުޚާތަބް ކޮށް ދެއްކެވި ވާހަކަފުޅުގައި މަޤާމްތަކަށް ހޮވިގެން ދިޔަ ކުދިންނަށް މަރުޙަބާ ވިދާޅުވެ ޙަވާލުވި މަޤާމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ނަޞޭޙަތްތެރިވިއެވެ. ޖަލްސާގެ އެންމެ ކުރީ ގޮނޑިބަރީގައި ތިއްބެވި އެކި މުއައްސަސާތަކުގެ އިސްވެރިންނަށް އިޝާރާތް ކުރައްވަމުން ނަދީމް ވިދާޅުވީ މިއަދު އެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންގެ ބަދަލުގައި މުސްތަޤްބަލުގައި އެ ގޮނޑިތަކުގައި ތިބޭނީ ރޭ މަޤާމްތަކަށް ސްކޫލުން ހޮވިގެންދިޔަ ދަރިވަރުންގެ ތެރެއިން ދަރިވަރުން ކަމަށެވެ. އިސް ދަރިވަރުންގެ ގޮތުގައި ތިބެގެން އެހެން ދަރިވަރުންނާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް ވެސް ނަދީމް ގޮވާލެއްވިއެވެ
އައްޑޫ ހައި ސްކޫލްގެ 2018ވަނަ އަހަރުގެ ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 12ޑީ ގެ ދަރިވަރު އައިޝަތު ރާހީ ޢަބްދުއްލަޠީފެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ ގްރޭޑް 12ސީ ގެ ދަރިވަރު ފާތިމަތު މާހާ ލުޠުފީ އަދި ގްރޭޑް 12ޑީ ގެ ދަރިވަރު ނަޒާހާ ރަޝީދެވެ. ސްކޫލްގެ އެކްޓިވިޓީސް ކެޕްޓަނަކަށް ގްރޭޑް 12ސީ ގެ ދަރިވަރު އާމިނަތު ދީނާ އިބްރާހީމް ހޮވުނު އިރު ، ޑެޕިއުޓީ އެކްޓިވިޓީސް ކެޕްޓަނުންގެ ގޮތުގައި ގްރޭޑް 12ސީ ގެ ދަރިވަރު ފާތިމަތު އިޒުހާ އިސްމާޢީލް އަދި 12ޑީ ގެ ދަރިވަރު ފާތިމަތު ޒާރާ ޝިޢާރު ހޮވުނެވެ. ސްކޫލްގެ ސްޓޫންޑެންޓްސް އެސޯސިއޭޝަންގެ ރައީސަކަށް ހޮވުނީ ގްރޭޑް 12ޑީ ގެ ދަރިވަރު މުޙައްމަދު ޔާސީން ޙަސަންއެވެ
ވަނަ އަހަރަށް އައްޑޫ ހައި ސްކޫލުން 55 ޕްރިފެކްޓުން އަދި 77 ސީނިއަރ ޕްރިފެކްޓުން ވަނީ މަޤާމާއި ޙަވާލުވެފައެވެ
ޖަލްސާގެ ޝަރަފުވެރި މެޙުމާނު ޑރ. އާސިޔަތު މުޙައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ސެޓްފިކެޓް ހޯދުމާއި ޢިލްމު އުނގެނުމުގެ ތަފާތަށް ބައްލަވާލެއްވިއެވެ. އެގޮތުން ސެޓްފިކްޓް ހޯދުމަށް ކިޔަވާ ކުދިންނަށް ވުމުގެ ބަދަލުގައި ޢިލްމު އުނގެނިގެން ޚިދުމަތް ކުރަން ނިކުންނަ ކުދިންނަށް ވުމަށް އެ ކަމަނާ ނަޞޭޙަތްތެރިވިއެވެ. “އެޑިޔުކޭޓެޑް މީހެއްގެ މޫނުމަތިން ވެސް ފެންނާނެ، އުޅުމުން ވެސް ފެންނާނެ، ވާހަކަ ދެއްކުމުން ވެސް ފެންނާނެ، އަދި ހުރިހާ ކަމަކުން ވެސް ފެންނާނެ އެމީހަކީ އެޑިޔުކޭޓެޑް މީހެއްކަން” ޑރ. އާސިޔަތު ވިދާޅުވިއެވެ.
އައްޑޫ ހައި ސްކޫލްގެ 2018 ވަނަ އަހަރަށް ހޮވުނު ކެޕްޓަން އާއިޝަތު ރާހީ ޢަބްދުއްލަޠީފް ދެއްކި ވާހަކައިގާ އެ މަޤާމް ހޯދުމަށް ކުރަން ޖެހުނު މަސައްކަތްތަކާއި ގިރާ ކުރަން ޖެހުނު ހަރުފަތްތައް ކުދިންނާއި ޙިއްސާކުރިއެވެ. ވަރަށް މޮޅެތި ކެރޭ ކުދިން ތަކެއްގެ ތެރެއިން އެމަޤާމަށް އައުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން ފާހަގަ ކުރިއެވެ. ރާހީ “އޭއޯ ނިއުސް” އަށްމައުލޫމާތު ދެމުން ބުނެފައިވަނީ ” އަޅުގަނޑު ކިޔެވި ދެ ސްކޫލްގެ ވެސް ކެޕްޓަންކަން ލިބުން އެއީ ސްކޫލް ދައުރުގައި ޙާޞިލްކުރަން ބޭނުންވި ލަނޑު ދަނޑި ޙާޞިލް ކުރެވުން” ކަމަށެވެ. މިކަހަލަ މަޤާމަކަށް އައުމަށްޓަކާ ނުނިދާ ހޭލާ ހުރެވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ރާހީ ބުންޏެވެ.
މި ޖަލްސާގައި ޓޫޑެންޓްސް އެސޯސިއޭޝަންގެ ރައީސަކަށް ހޮވުނު މުޙައްމަދު ޔާސީން ޙަސަންވަނީ ސްކޫލަށް އެކިއެކި ގޮށްގޮތަށް އެހީވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެެވެ