English Edition
Dhivehi Edition

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ވޭނެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްޞީލެއް އަދި ނުލިބެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައެވެ. ބާރު ސްޕީޑްގައި ބަލަންޖެހޭ ވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހުޅުމާލެ އަކީވެސް މިފަދަ އެކްސިޑެންޓްތައް ގިނައިން ހިނގާ ތަނެއް ކަން ފާހަގަ ކުރެވެއެވެ. އެފަދަ އެކްސިޑެންޓް ތަކުގައި މީހުން ނިޔާވުމުގެ ޙާދިސާ ތައް ވެސް ހިނގާފައިވެއެވެ.