މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަ ދުވަސްވަރަކަށް ވާތީ، ބުކިން ހެދުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށާއި، މިކަންކަމަށް ޓޫރިސްޓުން ހޭލުންތެރި ކުރުމަށް ގެސްޓުހައުސްތަކުގެ ވެރިންނަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި ޕޭމަންޓާ ގުޅޭ ކަންކަން ވެސް ދުރާލައި ނިންމުމަށް ފުލުހުން ވަނީ ލަފާދީފައެވެ.
މީގެ އިތުރުން، ހުޅުމާލޭގެ އާންމު ސަރަހައްދުތަކާއި ބީޗުގައި ޓޫރިސްޓުން ނިވާކަން ކުޑަ ހެދުމުގައި އުޅޭ މައްސަލައަށް ވެސް މި ޕްރޮގްރާމުގައި އަލިއަޅުވާލިއެވެ. އެގޮތުން ބީޗުގައި އުޅޭއިރު އަގުބޮޑު ތަކެތި ގެންގުޅުމުގައި ސަމާލުވުމަށާއި، ރާއްޖޭގެ އާދަކާދަތަކާ އެއްގޮތަށް ހެދުން އެޅުމުގެ މުހިންމުކަން ޓޫރިސްޓުންނަށް ކިޔައިދިނުމަށް ފުލުހުން ވަނީ ގެސްޓުހައުސްތަކުގައި އެދިފައެވެ.