އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި މެންޗެސްޓަ ސިޓީ ބައްދަލު ކުރި މެންޗެސްޓަ ޑާބީ ކާމިޔާބުކޮށް ލީގު ހޯދުމުގެ އުއްމީދު މެންޗެސްޓަރ ސިޓީން އާކޮށްފި އެވެ.
ވާދަވެރި މެންޗެސްޓާ ޔުނައިޓަޑްގެ އަމިއްލަ ދަނޑުގައި 2-0 ލަނޑުން އެ ޓީމް ބަލިކޮށް ލީގް ހޯދުމުގެ އުންމީދު މެންޗެސްޓާ ސިޓީން ބޮޑު ކޮށްފައިވާއިރު މި ނަތީޖާއި އެކު ލިވަޕޫލްއަށް ވަނީ މާޔޫސްކަން ކުރިމަތިވެފައެވެ.
ރޭގެ މިނަތީޖާ އާއި އެކު ސިޓީއަށް 35 މެޗުން 89 ޕޮއިންޓް ލިބޭއިރު ދެ ވަނައިގައި އޮތް ލިވަޕޫލްއަށް 35 މެޗުން ލިބެނީ 88 ޕޮއިންޓް އެވެ. މިހެން ކަމުންލީގުގައި ބާކީ އޮތް ތިން މެޗު ސިޓީން ކާމިޔާބު ކޮށްފިނަމަ އެޓީމަށް ލީގު ޔަގީންވާނެ އެވެ. ލީގުގައި ބާކީ އެޓީމަށް އޮތް ތިން މެޗުގެ ތެރެއިން އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށެވެ. އޭގެފަހުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު ލީގުގެ ފަހު މެޗުގައި ރަށުން ބޭރުގައި ކުޅޭނީ ބްރައިޓަންއާއި އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ރަނގަޅަށް ކުޅުނު ނަމަވެސް ސިޓިން ވަނީ އޭގެފަހުން ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.އެހެން ނަމަވެސް ދެ ވަނަ ހާފުގައި ސިޓީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ދެގޯލު ޖަހައި ލީގު ހޯދުމުގެ މުހިއްމު ތިން ޕޮއިންޓް ހޯދައިފައެވެ.
ރޭ ގެ މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ބެނާޑޯ ސިލްވާ ކާމިޔާބު ކުރީ 54 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިރޮއީ ސަނޭ އެވެ.
ރޭގެ މި މޮޅުވެ ގަދަ ހަތަރެއްގައި ލީގު ނިންމާލުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް އިރު ރޭގެ މިނަތީޖާއި އެކު އެ ޓީމައަށް ވަނީ އެ ފުރުސަތު ވަރަށް ބޮޑައަށް ހަނިވެފައެވެ. ވަނީ މިސީޒަންގައި ނެރުނު ދަތް ނަތީޖާ ތަކުގެ ސަބަބުން ކޯޗު ހޯސޭ މޮރީނިއޯ ބޭރުކޮށް އައު އުންމީދަކާއި އެކު ޔުނައިޓެޑް ރަނގަޅު ފެށުމަކުން އޮލެ ގުނަ ސޯލްޝެއާއި އެކު މަސައްކަތް ފެށި ނަމަވެސް އަނެއްކާ ވެސް މިވަނީ ދަތް ނަތީޖާ ތަކާއި ކުރިމަތިލާން ޖެހިފައެވެ.
އިނގިރޭސި ގަދަ ބާރެއްގެ ގޮތުގައި އޮތް މެންޗެސްޓަ ޔުނައިޓެޑް ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުން ހަތް މެޗުން ބަލިވެފައެވެ.