36 މެމްބަރުންގެ ވޯޓުން އިދިކޮޅާ ގުޅުނު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފިއެވެ.
ޕީޕީއެމް ކޯލިޝަން ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އެ ބިލު މަޖިލީހުން 36 ވޯޓުން ފާސް ކުރި އިރު ޖަލްސާއަށް ވަޑައިގެން 39 މެންބަރުން ތިއްބެވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ކޮން ދެ މެންބަރުންނެއްކަން އަދި ސާފެއް ނުވެއެވެ. އެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ފާސްކޮށްފައިވަނީ އިލެކްޝަނުން އެ ގާނޫނާ ގުޅިގެން ޤަވާއިދު ހަދަން ޖެހޭ ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ހިންގާފައިވާ ކަންތައްތަކަށް ވެސް އެ ޤާނޫނު ހިނގާ ގޮތަށެވެ.
އެ ބިލް މަޖިލީހުން ފާސް ކޮށްފައިވަނީ 39 މެމްބަރުން ޙާޒިރުވެ ތިއްބެވި އިރު އޭގެ ތެރެއިން 36 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ކޮން މެމްބަރުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.