English Edition
Dhivehi Edition

ދިވެހި ބަހުގެ އެކެޑެމީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ އަދަބީ ކަލަންޑަރު ގައި އެކަޑަމީއިން ކަނޑައަޅާ ފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މިމަހުގެ 26 ގެ ނިޔަލަށް ކަމައްވެސް އިއުލާނުގައި ބުނެފައިވެއެވެ

މިި މުބާރާތް ހަތަރު ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ސްކޫލު ކުދިންގެ ބައި، މަތީ ތައުލީމުގެ ބައި، އަމިއްލަ ފަރާތްތަކުގެ ބައި އަދި އޮފީސް، ކުންފުނި، ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައެވެ.

މި މުބާރާތް އަންނައޭޕްރީލް މަހުގެ އަށްވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެކެޑެމީ އިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުން މިމަހުގެ 26 ވާ ހޯމަދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު އެކަޑަމީގެ ވެބްސައިޓް އިން ލިބެންހުނާނެކަމަށް ވެސް އެ އިުލާނުގައި ބުނެފައިވެއެވެ.

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތަކީ 1985 އިން ފެށިގެން މިއަދާ ހަމައަށް ގައުމީ ފެންވަރުގައި މެދު ނުކެނޑި ބާއްވަމުން އަންނަ މުބާރާތެކެވެ.