English Edition
Dhivehi Edition

މާލެސިޓީއާއި ހުޅުމާލެއާ ދެމެދު އަޅަމުންދާ ބުރިޖުގެ މަސައްކަތުގެ ބޮޑުބައި ނިމި ޑެކް އެޅުމުގެ މަސައްކަތް މިއަދު ފަށާނެއެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބްރިޖުގެ ޑެކުގެ މަސައްކަތް ނުވަތަ އައިބީމް ތައްޔާރު ކުރުމުގެ މަސައްކަތަށް ބުރިޖު އަޅާ ސީސީސީސީ އޮތީ ތައްޔާރުވެފައި ކަމަށެވެ. “އިރާދަކުރެއްވިޔާ މާދަމާ (މިއަދު) ފުރަތަމަ އައިބީމް، އެއީ ޑެކުގެ ސްޓްރަކްޗާގެ ބައެއް މާލޭ ކޮޅުން ފަށާނެ. އެހެންވީމަ ވަރަށް ތާރީޚީ ކަމެއް، ފުރަތަމަ އައިބީމް ޕްލޭސްކުރެވިގެން އެ ދަނީ، އެޕްރޯޗް ބްރިޖުގައި އެކަނި ވެސް 240 އައިބީމް ސެގްމަންޓް ހިމެނޭ،” މިނިސްޓަރު ވިދާޅުވި ކަމަށް މިހާރުގައި ބުނެފައިވެއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ހަމަކޮށް މިހާރުވަނީ ސައިޓަށް ގެންގޮސްފަ އެވެ. މިއަހަރު ނިމޭއިރު އެންމެންގެ ލޯމައްޗަށް ބްރިޖު ފެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބްރިޖު ނިންމަން ކަނޑައަޅައިފައިވާ ޝެޑިއުލަށްވުރެވެސް އަވަހަށް އެމަސައްކަތް ދަނީ ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބްރިޖުގެ މަސައްކަތް ނިމި އަންނައަހަރުގެ ޖުލައި 26ގައި ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓެގު