English Edition
Dhivehi Edition
ސިނަމާލެ ބްރިޖް ސަރަޙައްދު/ފޮޓޯ އިންޓަނެޓް

ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމަށް ފުލުހުން އިއުލާންކޮށްފިއެވެ

ފުލުހުން ބުނީ މި އެކްސިޑެންޓަކީ 2023 ޖޫން 7 ވަނަ ދުވަހުގެ 14:54 އެހާކަންހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ހަތަރު ލޭން ސަރަހައްދު ނުވަތަ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު އެކާރު ފަހަތުން އޯވަރޓޭކް ކުރި ވޭނެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ. މި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން 19 އަހަރުގެ އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވަނީ ހައިވޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް ފަރާތެއް ވާނަމަ ނުވަތަ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށްވަނީ އެދެމެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ވަނީ ފާހަގަކޮށްފައެވެ.

1 ކޮމެންޓް
ލަކުޑި ކަޅޭ
ޖޫން 17, 2023
ހެ ހެ ހޭ ބައިތުލްމާލުހުސްކޮއްލައިގެން ބުރިޖުގަހަރުކޮއްފަހުރިކެމެރާތައްކޮބާބާ ތިޔައެކްސިޑެންޓުދުއްމީހަކުހޯދައިގެން ބޮޑުގެރި ބޭރައްހިންގާހެންއެމީހަކުވެއްޖެ 2އިރު2ދަޅަޔައްފުލުހައްދަމަން މުސީބާތެއްނުމީ