އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ރަށުން ބޭރުގައި ބޯންމައުތު މައްޗަށް ޓޮޓެންހަމް ކުރި ހޯދި އިރު އެ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ހެރީ ކޭންއަށް އަނިޔާ ވެއްޖެއެވެ.
ރޭ ބޯންމައުތާއި ކުޅުނު މެޗު ޓޮޓެންހަމް އިން ކާމިޔާބުކޮށްފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ކޭންއަށް އަނިޔާވެފައިވަނީ ބޯންމައުތުގެ ކީޕަރު އަސްމިރު މެޗުގެ 34 ވަނަ މިނެޓްގައި ކޭންއުފައްދަން އުޅުނު ހަމަލާއެއް ދިފާއުކަރަން އުޅުމުގެ ތެރޭގައި އޭނާ ކުރި ޓެކުލެއް ކޭންގެ ކުޑަ ހުޅަ އަމާޒުވުމުންނެވެ.
މެޗަށް ފަހު ނޫސްވެރިން ނާއި ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކޭން އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގޭނީ ސްކޭންތަކެއް ހެދުމުންކަމަށާއި އޭނާ އަކީ ޓޮޓެންހަމް އަދި ދުނިޔޭގައި ހުރި އެންމެ މޮޅު ޕޯވާޑް ކަމުން ލީގުގެ މިހާ ހިސާބުން އޭނާއަށް އަނިޔާވުމުން އެކަމުގެ ގެއްލުން ޓީމަށް ކުރިމަތި ވާނެކަމަށެވެ.
ރޭގެ މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ޖޫނިއާ ސްޓަނިސްލާސްގެ ލަނޑުން ބޯންމައުތަށް ލީޑު ނެގިނަމަވެސް ޓޮޓެންހަމްއިން ވަނީ ކޭން ނުލައި ފަހަތުން އަރައި ބޯންމައުތު ބަލިކޮށްފައެވެ.ރޭގެ މެޗުގައި ޓޮޓެންހަމްގެ ހެއުން ސޮންދެ ލަނޑު ޖެހިއިރު އެހެން ލަނޑުތައް ޖެހީ ޑެލެ އަލީ އާއި ސާޖީ އޯރިއޭ އެވެ.
ރޭގެ މެޗުން މޮޅުވުމާއި އެކު ތިން ވަނައިގައި ޓޮޓެންހަމް އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ.