English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ފޯނު އަތުލުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މުޙައްމާ ހައްޔަރު ކޮށްފައިވަނީ ކެންގަރޫ ކިޑްސް ޕްރީ ސުކޫލު ކައިރިން ބުރުޒު މަގުންނެވެ. މުހައްމާ ޙައްޔަރު ކުރެވުނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ. އޭނާ ދޫކޮށްފައިވާ އިރު ފޯން ހިފަހައްޓާފައިވަނީ އެޙާލަތުގެ ދަށުން ކަމަށް މަޢުލޫމާތު ލިބެއެވެ.

މުޙައްމާ އަކީ އިދިކޮޅު ސިޔާސީ ޙަރަކާތްތަކުގައި އިސްވެ ކޮންމެ އެއްވުމެއްގެ ވެސް އެންމެ ކުރީ ސަފުގައި އިޙުތިޖާޖު ކުރުމުގައި ޙަރަކާތްތެރިވާ ފަރާތެކެވެ.

ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އިއްޒަތްތެރި ބައެއް ބޭފުޅުން ވަނީ ހައްޔަރު ކުރެވިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މަޢުމޫން، ފާރިސް މަޢުމޫން، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ފަދަ ބޭފުޅުންގެ ނަންތައް ހިމެނެއެވެ.