English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ޖެކްލިން، އޭނާ ސަލްމާން އާއިއެކު ކުޅެން ހަމަޖެހިފައިވާ ފިލްމް “ރޭސް 3” އަށް ތައްޔާރު ވުމަށްޓަކައި މާޝަލް އާޓްސް ޓްރެއިނިންގ ހަދަން ފަށައިފިއެވެ.

ޖެކްލިންގެ ޓްރެއިނިންގ އާއިބެހޭ ގޮތުން އޭނާގެ ފިޓްނެސް ޓްރެއިނަރ ކުލްދީޕް ސަޝީ ބުނެފައި ވަނީ ޖެކްލިން އަކީ ވަރަށް އެތްލެޓިކް ހަށިގަނޑެއް ހުރި އަންހެނެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ހަށިގަނޑު ތައްޔާރު ކުރުމަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ އަދާ ކުރާ ރޯލަށް ފިޓުވުމަށްޓަކާ އޭނާ މިހާރު ދަނީ މާޝަލް އާޓްސް ޓްރެއިނިންގ ހަދަމުންނެވެ.

ޖެކްލިން ޖައްސަން ޖެހޭ އެކްޝަން މަންޒަރު ތަކަކީ ވަރަށް ޓެކްނިކްސް ބޭނުންވާ މަންޒަރުތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ކުރިން އެފަދަ މަންޒަރު ތަކެއް ކުޅެފައި ނުވާތީ މާޝަލް އާޓްސްގެޓެކްނިކްސް ދަސްކުރަން އޭނާއަށް ވަނީ ޖެހިފައެވެ.

“ޖެކްލިންގެ ކެއުމަށް ވެސް ވަނީ ބަދަލުތަކެއް ގެނެވިފައި” ކުލްދީޕް ބުންޏެވެ. ގިނަ ކެލަރީސް އެކުލެވޭ ކާނާތައް އޭނާއަށް ވަނީ ދޭން ފަށާފައެވެ.

މި ފިލްމުގެ ޝޫޓިންގ ޝެޑިއުލް ކުރެވިފައިވަނީ މި މަހުގެ މެދު ތެރޭގައި އަބޫދާބީގައެވެ.

“ރޭސް 3” ޕްރޮޑިއުސް ކޮށްފައި ވަނީ ސަލްމާން ޚާން އެވެ. ޑައިރެކްޓް ކޮށްފައިވަނީ ރެމޯ ޑިސޫޒާއެވެ. މި ފިލްމް ރިލީޒް ކުރެވޭނެ ކަމަށް ބެލެވިފައިވަނީ ޖޫން 15 ގައެވެ.