English Edition
Dhivehi Edition

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި މިއަދު ވަނީ ކޮޅިގަނޑެއް އުފެދިފައި ކަމަށާއި މިކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާނެކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ބޯކޮށް ވާރޭ ވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައި ގައި މިދިޔަ ހަފްތާގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވަނީ ފެން ބޮޑުވެ އާންމުން ނަށް ބޮޑެތި ގެއްލުން ތައް ކުރިމަތި ވެފައެވެ.