English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ކުޅުނު މެޗު ކާމިޔާބުކޮށް އީގަލްސް ވަގުތީ ގޮތުން އެއްވަނަ އަށް ޖެހިލައިފިއެވެ.

ލީގުގައި މިއަދު ހާވީރު ކުޅުނު މިމެޗު އީގަލްސް އިން ކާމިޔާބުކޮށްފައިވަނީ ފޯރިގަދަ ކުޅުމަކަށް ފަހު 2-1 ލަނޑުންނެވެ.

މިއަދު ހަވީރު ކުޅުނު މުހިންމު މިމެޗު ކާމިޔާބު ކުރުމާއެކު އީގަލްސް ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހަމަކޮށް ވަގުތީ ގޮތުން އެއްވަނަ އަށް ޖެހި ލާފައި ވާއިރު ދެވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ތިންވަނާގައި އޮތް ނިއުރޭޑިއަންޓަށް ވަނީ ދެމެޗުން 6 ޕޮއިންޓް ލިބިފައެވެ.

ދެ ޓިމްގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ވަރަށް ކުރީ ކޮޅު އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހަންނާ ދިން ބޯޅަ އަކުން އެޑުއާޑޯ އެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން އީގަލްސް އަށް ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައިވާ އިރު ގްރީން ސްޓްރީޓްއަށް ވެސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފް އީގަލްސް ކުރީގައި އޮވެގެން ނިމުނު ނަމަވެސް މެޗުގެ 54 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް ގެ މުހައްމަދު ރިސްވާން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.

މިއަދުގެ މެޗުގައި ރިސްވާންގެ ގޯލުން ދެ ޓީމް އެއްވަރު ވާން ދިޔަ ނަމަވެސް އޭގެ ތިން މިނިޓް ފަހުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނާއިމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އީގަލްސް އަށް ކުރި ހޯދަދީފައެވެ.