އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ފަހަތުން އަރައި ގްރީންއިން ކާމިޔާބުކުރި ދެ ލަނޑުން ދެ ޓީމް ހަމަހަމަ ވެގެން ނިމިއްޖެއެވެ.
ލީގުގައި ގްރީންއާއި ވިކްޓަރީ ފުރަތަމަ ބުރުގައި ކުޅުނު މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ލަނޑުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ބުރުގައި ރޭ ކުޅުނު މެޗް ނިމިފައިވަނީ 2-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗެ ތިން ވަނަ މިނެޓުގައި ސްޕެއިން މިޑްފީލްޑަރު އެންހެލް މުނޯޒް ވަނީ ވިކްޓަރީ އަށް މެޗުގެ ލީޑު ނަގައިދީފައެވެ.
މި ލަނޑާއި އެކު ވިކްޓަރީއިން މެޗު ޑޮމިނޭޓްކޮށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގްރީންގެ އަލީ ނަސޫހު ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ގްރީންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.މި ލަނޑާއި އެކު ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު ވިކްޓަރީގެ ބިދޭސި ފޯވާޑް ސްޕެއިންގެ އެންހެލް މުނޯޒް ވަނީ ދެވަނަ ފަހަރަށް ލިބުނު ފެނެލްޓީއަކުން ވިކްޓަރީއަށް މެޗުގެ ލީޑު ހޯދާދީފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ވިކްޓަރީ ކުރީގައި އޮވެ ނިމުނު ނަމަވެސް ދެ ވަނަ ހާފުގައި ގްރީންސްޓްރީޓްސް އިންވަނީ ފުލުފުލުގައި އެޓޭކްތައް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ގްރީންއަށް ޕެނެލްޓީއެއް ދީފައެވެ.މި ޕެނެލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮލޭންޑް ރަސެލް އެވެ.
މެޗު އެއްވަރުވެ ގްރީންއަށް 10 މެޗުން ލިބެނީ 10 ޕޮއިންޓެވެ. އެޓީމު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. 10 މެޗުން 16 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ހަތަރު ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ޕޮއިންޓެއް ކައިރީގައެވެ.