އެސްޓީއޯ މާލޭ ލީގެ މިސީޒަންގައި މިހާތަނަށް ހަމަ އެކަނި މޮޅެއް ނުލިބި އޮތް ޓީމް ކަމަށްވާ ކްލަބް ވެލެންސިއާ އިން މިރޭ ކްލަބް ގްރީންސްޓްރީޓްސް ބަލިކޮށް ލީގުގައި މޮޅެއް ހޯދައިފިއެވެ.
ލީގުގައި މިހާތަނަށް ދަތް ނަތީޖާ ތަކެއް ނެރެމުން ގެންދާ ވެލެންސިއާއިން ގްރީން ސްޓްރީޓް ބަލ ކުރީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރުވެސް ގްރީނަށް ގަދަ ހައެއް ކަށަވަރުވެ ޕްރިމިއަ ލީގުން ޖާގައެއް ކަށަވަރު ވެފައިވާއިރު މިރޭގެ މެޗަށް ނުކިތް އިރު ވެސް ލީގުގައި ކުޅުނު 12 މެޗުން މޮޅެއް ނުލިބި އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ވެލެންސިއާއަށް ރެލިގޭޝަން ޕްލޭ އޯފް ކުޅެން ޖެހޭނެކަން އޮތީ ޔަގީން ވެފައެވެ.
މިރޭގެ މެޗަށް ފަހު ނޫސ ވެރިން ނާއި ވާހަކަ ދައްކަމުން މިދިޔަ ސީޒަންގައި ގުރީންއަށް ކޯޗުގެ ގޮތުގައި ހުރި ސޮބާ ބުނީ ” މި މޮޅަކީ ކުރިއަށް އޮތް މާލޭ ލީގު ރެލިގޭޝަން ޕްލޭއޮފްގެ ކުރިން ވެލެންސިއާ ކުޅުންތެރިންނަށް ލިބުނު ބޮޑު އިތުބާރަކާއި އާ ހިތްވަރެއް ކަމަށެވެ.
ގްރީންގެ ފަރާތުން މެޗުގެ ކުރީ ކޮޅު މޮޅު ކުޅުމެއް މިޗުގައި ފެނިގެން ދިޔަ ނަމަވެސް ވެލެންސިޔާ އިން ވަނީ މިރޭގެ މެޗުގެ 14 ވަނަ ޑްރީގާ ސާގީ ލަނޑުން މެޗުގެ ލީޑު ހޯދާފައި ވާއިރު ވެލެންސިއާގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމްވެ.
ވެލެންސިޔާގެ ދެވަނަ ލަނޑައަށް ފަހު ގްރީންއިން ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ވެލެންސިޔާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އަމާޒު ކުރި ނަމަވެސް މެޗުގައި ގްރީންއިން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ރޮލޭންޑް ރަސެލްއެވެ.
ރޭގެ ނަތީޖާ އާއި އެކު ވެލެންސިޔާ ލީގުގެ ފުލުގައި ހަތަރު ޕޮއިންޓާއި އެކު އޮތް އިރު ގްރީން އޮތީ 14 ޕޮއިންޓާއި އެކު ހަވަނާ ގައެވެ.އަދި އެއްވަނާގައި 34 ޕޮއިންޓާއި އެކު އޮތް ނިއު ވަނީ ލީގު ތަށި ކަށަވަރުކޮށްފައެވެ.