English Edition
Dhivehi Edition

ޔޫޓިއުބްގައި މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު ފުރަތަމަ ސައުތު އިންޑިއަން ލަވައަކަށް ޕްރިޔާ ޕްރަކާޝް ވާރިއާ ގެ “މަނިކްޔަ މަލަރާޔާ ޕޫވީ” ވެއްޖެއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ފެނިގެންދާ އެލަވައަށް 50 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. މިއީ މަލެޔާލަމް ލަވައަކަށް މީގެކުރިން ލިބިފައި ނުވާވަރުގެ ބޮޑު ތަރުހީބެކެވެ.

އެހަބަރު ސަޕޯޓަރުންނަށް ހިއްސާކުރަމުން ޕްރިޔާ ބުނީ، 50 މިލިއަން ވިއުސް ސައުތު އިންޑިއަން ލަވައަކަށް އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނުލަވައަކީ ފިލްމް “އޯރޫ އާދާރް ލަވް” ގެ “މަނިކްޔަ މަލަރާޔާ ޕޫވީ” ކަމަށެވެ.

އެލަވައިގެ ތެރެއިން ޕްރިޔާ ކަތިނަޒަރަކުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެނިގެންދާ ވީޑިއޯ އާންމުވެ ގިނަ ބަޔަކަށް ވަނީ އެވީޑިއޯ ކަމުވެސްގޮސްފައެވެ.

އެންމެ ދުވަހެއްގެ ތެރޭގައި 606،000 މީހުން ޕްރިޔާ ފޮލޯކުރުމުގެ ސަބަބުން ޕްރިޔާވެގެންގޮސްފައިވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ މީހުން ފޮލޯކުރި ފުރަތަމަ ފަރާތަށެވެ.

ހައި ސުކޫލު ލަވް ސްޓޯރީއަކަށް ތައްޔާރުކޮށްފައިވާ އެމަލެޔާލަމް ފިލްމަކީ ޕްރިޔާ ގެ ފުރަތަމަ ފިލްމެވެ. އުމުރުން 18 އަހަރުގެ ޕްރިޔާއަކީ ބެޗްލާ އޮފް ކޮމާސް ކިޔަވަމުންދާ ދަރިވަރެކެވެ.