English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ކުއާޓަރ ފައިނަލް މެޗުތައް މިރޭ ފަށާނެއެވެ. މުބާރާތް އިންތިޒާމްކުރާ “ވަގުތު” އިން ބުނެފައިވާ ގޮތުގައި ކުއާޓަރ ފައިނަލުގެ މެޗުތައް ކުރިއަށްދާނީ މިރެއާއި މާދަމާރޭގައެވެ. ކޮންމެ ރެއަކު ކުޅޭނީ ކުއާޓަރގެ ދެ މެޗެވެ. ކުއާޓަރފައިނަލުގައި 8 ޓީމް ވާދަކުރާނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފަސްގަނޑަ އެފްސީ އާއި ސްކޫޕް ކަންމައްޗެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަންއާއި، ޒެލޯންއެވެ. މާދަމާރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެލްކަންސް އެފްސީ އާއި މައިލޯ ސިޓީ އެފްސީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބޭރުމައްޗާއި، މަލްޓި ޖީނިއަސް ސިޓީއެވެ. ކޮންމެ ރެއަކުވެސް ކުއާޓަރފައިނަލުގެ ފުރަތަމަ މެޗު ފަށާނީ 9:00 ގައެވެ. ދެވަނަ މެޗު ފަށާނީ 22:00 ގައެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މޭޖާ ސްޕޮންސަރަކަށް ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސާ އަކަށް ވިލާ ކޮލެޖުގެ އިތުރުން ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.