ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވެނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ތިން މިނެޓްގެ ތެރޭގައި ޖެހި ދެ ލަނޑުން އިޓަލީގެ ޔުވެންޓަސް މުބާރާތުގެ ކުއާޓާއިން ޖާގައެއް ހޯދައިފިއެވެ.
ޔުވެންޓަސް އިން ރޭ ޓޮޓެންހަމް އާއި ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ފަހައަތުން ފަހަތުން އަރައި 2-1 ލަނޑުން މޮޅު ވެގެންނެވެ.
މި ދެ ޓީމު ޔުވެންޓަސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވެ ރޭގެ މެޗުން މޮޅުވެގެން ކޮންމެ ޓީމަކަށް ވެސް ކުއާޓާގެ ފުރުސަތު އޮތް މިމެޗުގެ ފުރަތަމަ ލީޑުނަގައި ކުރި ހޯދާފައިވަނީ ޓޮޓެންހަމްއިން އިންނެވެ.މި ލަނޑު މެޗުގެ 39 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން ސޮން މިއުން އެވެ.
ޔުވެންޓަސް އަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 64 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގަައިން އެވެ
ހިގައިން ނަތީޖާ ހަމަހަމަ ކޮށްދިންތާ ތިން މިނިޓް ފަހުން ޔުވެންޓަސް އަށް ލީޑުނަގައިދިނީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން ޕައޮލޯ ޑީބަލާ އެވ
ރޭގެ މި ނަތީޖާ އާއި އެކު ޔުވެންޓަސް ކުއާޓާއަށް ދަތުރުކޮށްފައިވަނީ ދެ ލެގުގެ އެގްރިގޭޓުން 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުންކުރި ހޯދައިގެންނެވެ.
ރޭ އަމިއްލަ ދަނޑުގައި ސްވިޒަލެންޑުގެ ބަސެލް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވި ނަމަވެސް އެ ޓީމަށް ވަނީ ކުއާޓާގެ ޖާގައެއް ލިބިފަ އެވެ. އެއީ ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ސިޓީ އަށް 5-2 އިން ކުރި ލިބޭތީ އެވެ.
ބަސެލް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ބަލިކޮށްފަ އެވެ