English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ހުރިހާ އެއްޗެއް ގެއްލިއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. މިއަދު ނަޝީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް މަޖިލީހާއި ކައުންސިލް އިންތިހާބުވެސް ގެއްލި އަދި އެމަނިކުފާނު ވެރިކަމަށް ގެނެސްދިން ކޯލިޝަން ވެސް ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވަނީ ޔާމީން އަބްދުލް ގައްޔޫމަށް ރައިސުލް ޖުމްހުރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ. ނަޝީދުވަނީ މަޖިލީސް ހުރިހާ މެމްބަރުންނަށާއި އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރަށާއި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ނަޝީދުގެ ޓުވިޓުތަކާއެކު އެމްޑީޕީ ގެ މެމްބަރުވެސް ދަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންނަށް މަރުހަބާ ކިޔަމުންނެވެ. މީގެ އިތުރުން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި، ސަރުކާރު ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔާފައެވެ .