English Edition
Dhivehi Edition

ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕްގެ ކުއީން އޮފް ދަ މެޗަކަށް އަވަ އެފްޓީގެ ކެޕްޓަން ޖާޒީ ނަމްބަރު 5، ފާތިމަތް އަލްމާއަށް ލިބިއްޖެއެވެ. މި މަގާމާއެކު އިނާމަކަށް ސްރީލަންކަން އެއާލައިނުގެ ކޮލަމްބޯ ދެކޮޅު ޓިކެޓް ވެސް ވަނީ ލިބިފައެވެ. އަލްމާ ބުނީ މި ޓިކެޓް އޭނާ ހަދިޔާ ކުރާނީ ޚާއްޞަ އެހީއަށް ބޭނުންވާ ނުވަތަ ބޭސްފަރުވާއަށް ލަންކާއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތަކަށް ކަމަށެވެ. އައްޑޫގައި އެންމެ މޮޅު އަންހެން ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަލްމާ ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލުގައި ރޭ އޭޓީޑަބްލިއު ބަލިކޮށް 2-0 އިން ، އަވަ އެފްޓީ މުބާރާތް ކާމިޔާބުކުރި އިރު މި މެޗުގައި އަވަ އެފްޓީއިން ޖެހި ދެ ގޯލުވެސް ޖަހާފައިވަނީ އަލްމާއެވެ. ފައިނަލުން މޮޅުވެ މުބާރާތް ކާމިޔާބުކުރުމުން އަވަ އެފްޓީއަށް ވަނީ 25،000 ރ. ގެ ފައިސާގެ އިނާމެއް ލިބިފައެވެ.