English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސް.ޓީ.އޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.

އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށް ، ބާޒާރުގައި އެ އަގުތަކުގައި މާދަމާ 07 މާރިޗު 2018 ވާ ބުދަ ދުވަހުން ފެށިގެން ޕެޓްރޯލް އަދި ޑީސަލް ލިބެން ހުންނާނެ ކަމަށް އެސް.ޓީ.އޯއިން މިއަދު ވަނީ ބުނެފައެވެ.

މާދަމާއިން ފެށިގެން އެސް.ޓީ.އޯއިން ޕެޓްރޯލް ލީޓަރެއް 10.11 ލާރިއަށް ވިއްކާނެއެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ލާރިއަށެވެ.

މި އަހަރު އެސް.ޓީ.އޯ.އިން ތެލުގެ އަގު ހެޔޮކުރާ މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޖޫން މަހުވެސް ތެލުގެ އަގު ހެޔޮކޮށްފައިވެއެވެ.