English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ހުންނަ ސިޓީ ފިއުލް ސަޕްލައިގެ ބްރާންޗް - ފޮޓޯ: ހައިވްމައިނާޑޮޓްކޮމް

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލްގެ އަގަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން އެސްޓީއޯ އިން ބުނީ ކުރިން 11.19ރ. އަށް ލީޓަރެއް ވިއްކަމުން އައި ޑީސަލްގެ އަގުން މިހާރު 30 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. އެސްޓީއޯ އިން މިގެނައި ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.89 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ. އަދި މިއީ މި އަހަރު އެ ކުންފުނިން ވިއްކާ ޑީސަލްގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޕެޓްރޯލް ލީޓަރެއް މިހާރު 10.13ރ. އަށް ވިއްކަމުންދާއިރު، އެސްޓީއޯ އިން ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.