English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ވިއްކަމުން އަންނަ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެސް.ޓީ.އޯ އިން ވިދާޅުވި ގޮތުގައި އެކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައުމާއި ގުޅިގެން ކަމަށެވެ. އެގޮތުން އެކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި އެކުންފުނިން ވިއްކާ ޑީސަލް އަދި ޕެޓްރޯލްގެ އަގު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް އެސް.ޓީ.އޯ އިން ވިދާޅުވެއްޖެއެވެ.

އެހެންކަމުން މިއަދުން ފެށިގެން ޑީސެލް ލީޓަރެއް ވިއްކާނީ 10.72 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަން ހަމަޖެހިފައިވަނީ 9.94 ރުފިޔާއަށެވެ.

މިއަހަރު މާރޗް މަހުގައިވެސް މިކުންފުނިން ވިއްކާ ތެލުގެ އަގަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަލާލާއިރު މީގެކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.97 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.85 ރުފިޔާއަށެވެ.