ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައި ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފުޓްބޯޅަ ހަޔާތުގައި ކާމިޔާބުކުރި 600 ވަނަ ލަނޑުން އެތުލެޓިކޯ މެޑްރިޑް ހިތްދަތި ގޮތަކަށް ބަލިކޮށް ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
ބާސާގެ ދަނޑުގައި މޮޅުވެގެން ލީގު ކާމިޔާބު އުންމީދު އާކުރެވެން އޮތް އެތުލެޓިކޯ މެޑްރިޑް އާއި ބާސާ ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ މެސީގެ ހިއްގައިމު ލަނޑާއި އެކު 1-0ގެ ނަތީޖާއަކުންނެވެ.
ބާސާއަށް މެސީ ލީޑު ހޯދައިދިނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މެސީ ފޮނުވާލި ހިލޭ ޖެހުން އޮބްލަކްގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ. އެއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި އެތުލެޓިކޯ ކޮޅަށް ޖެހި 28 ވަނަ ލަނޑެވެ. އަދި އޭނާގެ ކެރިޔަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފަގައި އެތުލެޓިކޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވިނަމަވެސް ދެވަނަ ހާފުގައި އެޓުލެޓިކޯގެ ކުޅުން ރަނގަޅުކޮށް ބާސާގެ ގޯލަށް ގިނަ ހަމަލާތެއް ފޮނުވާލާފައެވެ.
ޭގެ މޮޅާއި އެކުސްޕެނިޝް ލަލީގާގެ އެއްވަނައިގައި ކުޅުނު 27 މެޗުން 69 ޕޮއިންޓާއެކު ބާސާ އެއްވަނާގައި އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯއަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.