ަރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްﷲ މަސީހު ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓު ނަގަން އުޅުނު ދުވަސްވަރު ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ
އެ ވޯޓާ ދެކޮޅަށް ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވެފައި ވަނީ މަސީހް މަގާމުން ދުރުކުރުމަށް ވޯޓު ދެއްވާނީ ހޫނު ފެނުގައި އަތްލާން ބޭނުންވާ މެމްބަރުންކަމުގައެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފައިވާ އިލްހާމް އޭރު ވިދާޅުވީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެ ނަމަ ވޯޓްލާންވީކަމަށާއި ޕީޕީއެމްގެ ތެރެއިން ވެސް ވޯޓް ލާނީ ހޫނުފެނުގައި އަތްލާން ބޭނުންވާ މެމްބަރުންކަމުގައެވެ
މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފް، ފުލުހުންނަށް ހުށަހެޅުއްވި މި މައްސަލައާއި ގުޅިގެން ތަހުގީގަށް ބޭނުންވާ އިލްހާމްގެ ބަޔާން ވަނީ މިދިޔަ ހަފްތާގައި ނަގާފައެވެ. އިލްހާމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އިލްހާމް ބިރުދައްކައި އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ކަމަށެވެ