މި ސަރުކާރަށް ފާޑުކީ ނަމަވެސް ޕީޕީއެމް އާއި އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ނަހަދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ގާސިމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވީ ގާސިމްއަކީ ގައުމު ބޭނުންވާފަދަ ވެރިއެއްކަމަށެވެ، އަދު ރާއްޖެއަށް ގާސިމް ގެނައި ތަރައްގީ ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަކަމަށް އިލްހާމް ވިދާޅުވިއެވެ.
މީގެ ކުރިން ޕީޕީއެމް އަދި އެމްޑީޕީ އާއި އެކު ގާސިމް ކޯލިޝަން ހެއްދެވީ އެ ބޭފުޅާގެ މުދާވެރިކަން އިތުރުކުރަން ކަމަށް ބުނެ ދައްކާ ވާހަކަތަކައް ރައްދު ދެއްވަމުން އިލްހާމް ވިދާޅުވީ މިހާތަނަށް ހެދި އެއްވެސް ކޯލިޝަަކުން ގާސިމްއަށް ފައިދާވެފައި ނުވާކަމަށެވެ.
ރާއްޖޭގެ ވެރިކަމަށް މިހާތަނަށް އާދެވިފައިވަނީ ގާސިމް އާއި އެކު ކޯލިޝަން ހަދައިގެން ކަން ފާހަގަކޮށް އިލްހާމް ވިދާޅުވީ އެހެންނަމަވެސް މިފަހަރު އެކަން ނުކުރާނެކަމަށެވެ. އިތުރަށް އިލްހާމް ވިދާޅުވީ އެކި ފުރުސަތުތަކުގައި ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް، ޕީޕިއެމްއާއިއެކު ކޯލިޝަން ނަހަދާނެކަމަށެވެ.