ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަން މިހާރު އޭނާ ދައްކަމުންގެންދާ ކުޅުމުން ސާބިތުވާކަމަށް ރޮނާލްޑޯ އާއި އެކީ އެ ޓީމަކަށް ކުޅޭ ބްރެޒިލްގެ ކަސިމީރޯބުނެފިއެވެ.
ކަސިމީރޯ މިހެން ބުނެފައިވަނީ ސްޕެނިސް ލަލީގާގައި ގެޓަފޭ އަތުން ރިއަލްމެޑްރިޑް 3-1 ލަނޑުން މޮޅުވި މެޗުގައި ރޮނާލްޑޯ މޮޅު ކުޅުމާއި އެކުގައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއި އެކު އޭނާ ވެފައިވަނީ ލަލީގާގެ ތާރީހުގައިވެސް 300 ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ.
މިސީޒަންގެ ކުރީ ކޮޅު ދަށް ކުޅުމެއް ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް އޭނާ ވަނީ ކުޅުން ރަނގަޅުކޮށް އެންމެ ފަހުން ރިއަލްމެޑްރިޑް ކުޅުނު 8 މެޗުގައި 14 ލަނޑު ޖަހާފައެވެ..
ކަސިމީރޯ ބުނީ”ރޭގެ މެޗުގައި ރިއަލްމެޑްރިޑް އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ ކަމަށާއި ގެޓަފޭގެ ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކުމުން މުޅި މެޗުގެ ކޮންޓުރޯލް ލިބި ފަސޭވި”ކަމަށެވެ.
“ރޮނާލްޑޯ މިހާރު އެ ދައްކާ ކުޅުމުން އޭނާ އެދަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދެމުން އަދިވެސް އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަން”ކަސެމީރޯ ބުންޏެވެ،
މެޑްރިޑަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަންގާރަ ދުވަހުގެރޭ ފްރާންސުގެ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗެވެ. ފުރަތަމަ ލެގު 3-1 އިން މެޑްރިޑް ވަނީ ކާމިޔާބުކޮށްފަ އެވެ.