English Edition
Dhivehi Edition

ރޭ ބޭއްވި މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ފުރަތަމަ ޕިއާނޯ ރައުންޑްގެ އެލިމިނޭޝަން ނައިޓްގައި 2 ބައިވެރިން ވަނީ ޝޯވ އަށް އަލްވަދާޢު ކިޔާފައެވެ. ފުރަތަމަ ކަޓައިގެން ދިޔަ މި ދެބައިވެރިންނަކީ ނިސްފާ މުޞްތަފާއާއި އަޙުމަދު އިޝާމްއެވެ

ރޭގެ ޝޯވ ގައި ގަދަ ބާރަ އަށް ދަތުރު ކުރި ފުރަތަމަ 6 ބައިވެރިން ވަނީ ކަށަވަރުވެފައެވެ. ގާލާ ރައުންޑަށް ދަތުރު ކުރި 6 ބައިވެރިންގެ ތެރޭގައި އަޒަލް، މައިޝާ، ރައިޙާން، ޝާން، މުނާޒް އަދި މުރުޝިދު ހިމެނެއެވެ

ގަދަ 16 އަށް ދަތުރު ކުރި ބައިވެރިންގެ ތެރޭގައި ދެން ޕިއާނޯ ރައުންޑުގައި ލަވަ ހުށަނާލާ ތިބި 8 ބައިވެރިންގެ ލަވަތައް ފެނިގެން ދާނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ. އެ ޝޯވ ނިމިގެން ދާއިރު މޯލްޑިވިއަން އައިޑަލްގެ ގަދަ 12 ޔަޤީން ވެގެން ދާނެއެވެ