English Edition
Dhivehi Edition

ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ އަސާސީ ޚިދުމަތް މިހާރުވަނީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ވަރަށް ފުރިހަމަވެ ފުޅާވެފައި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ ސަބަބުން އިދިކޮޅު މީހުން ދައްކާ އެއްވެސް ވާހަކައެއް އެމީހުން މިހާރު އަޑު ނާހާކަމަށެވެ.
އެއްވުންތަކަށް ރަށްރަށުން މީހުން ގެނެސްގެން އެމީހުންނަށް އެކޮމޮޑޭޝަނާއި އެހެން ކަންކަން ކޮދޭނެ ކަމަށްބުނެ އެއިން އެއްވެސް ކަމެއް އެ މީހުންނަށް އިދިކޮޅު ފަރާތްތަކުން ކޮށްދީފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މާލޭގެ މަގުތައް ހަލަބޮލި ކުރުމަށް އެއްވާން ކިތަންމެ ވަރަކަށްގޮވިޔަސް ރަށްރަށުން މީހުން ދެން މާލެ ނާންނާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުން މިހާރު ބޭނުމެއްނުވޭ އިދިކޮޅުން ދައްކާ ވާހަކަ އަޑުއަހާކަށެއް. ފެންނަން ހުންނަ ޙަޤީޤަތްތަކެއް ފެންނަންނެތް އެއްޗަކަށް ހަދަން އުޅުނަކަސް އެކަން އެގޮތަކަށް ނުވާނެ،” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ދަށްވެ ދިވެހިން ބަނޑަށް ޖެހިދާނެ ކަމަށް އިދިކޮޅުން ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުން އެކަން ޤަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “ދިވެހިރާއްޖެ މީގެ ކުރިން ނުދެކޭފަދަ ކުރިއަރުމާއި ތަރައްގީ ރާއްޖެއަށް އަންނަމުންދަނީ. ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދުވާހަކު ނުލިބޭ މިންވަރަށް ފުޅާވެގެން ލިބެމުން މިދަނީ،” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕީޕީއެމުން ސަރުކާރާ ޙަވާލުވިއިރު ޤައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތުން ބޮލަކަށްޖެހެނީ 4500 އެއްހާ ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޢަދަދު މިހާރުވަނީ 9000 އަށްވުރެ މައްޗަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. “ދެން ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ އަރައިތިބެ ބޮޑުސިންގާ މީހުންގާތު ދެއްކީމައި ދެންކާކުތޯ އެވާހަކަ ޤަބޫލު ކުރާނީ،” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.