English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ކްރިކެޓް ސްޓާރެއް ކަމަށްވާ ވިރާޓް ކޯލީ ވަނީ އެނާގެ އަނބިމީހާ އަނުޝްކާ ޝަރުމާގެ ގެ އެންމެ ފަހުން ރިލީޒް ކުރެވުނު ފިލްމު ” ޕަރީ ” ބެލުމަށް ފަހު އަނުޝްކާއަށް ތަޢުރީފު އޮއްސާފައެވެ.

މާރިޗް 2 ވަނަ ދުވަހު އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެފިލްމު އޭނާ ބަލައިފި ކަމަށާއި، އެއީ މިހާތަނަށް އޭނާގެ އަނބިމީހާ އަށް ކުޅެވުނު އެންމެ މޮޅު ފިލްމު ކަމަށް ވާނެ ކަމަށެވެ. އަދިވެސް ބުނެފައިވަނީ ދުވަސް ތަކަކަށް ފަހު ބެލުނު އެންމެ ހިތްގައިމު ފިލްމު ކަމަށާއި ފިލްމު ބެލި އިރު ކޮންމެވެސް ވަރަކަށް ބިރު ގަތް ކަމަށެވެ. އަނުޝްކާގެ މަސައްކަތަށް ފަޚުރުވެރިވާ ކަމަށްވެސް ލިޔެފައި ވެއެވެ.

މި ފިލްމު ޑައިރެކް ކޮށްފައި ވަނީ ޕްރޯސިތް ރޯއީ އެވެ. މި ބިރުވެރި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އަނުޝްކާގެ ކްލީން ސްޓޭޓް ފިލްމްސް އާއި ކްރިއާޖް އެންޓަޓެއިންމަންޓް ގުޅިގެންނެވެ،

މިއީ ޕްރޮޑިއުސަރެއްގެ ގޮތުން “އެން.އެޗް 13 ” އަދި “ފިލޯރީ” އުފެއްދުމަށްފަހު އަނުޝްކާ ޕްރޮޑިއުސް ކުރާ 3 ވަނަ ފިލްމެވެ.