English Edition
Dhivehi Edition

މިސީޒަންނަށް ފަހު ޒަލަޓަން އިބްރަހިމްމޯވިކް ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

“އަހަރުމެން އެންމެންނަށް ވެސް އިނގޭ މިއީ ޒަލަޓަން ޔުނައިޓެޑްގައި ހޭދަކުރާނެ ފަހު ސީޒަންކަން”މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ މިސީޒަންއަށް ފަހު ޒަލަޓަން ކުޅުން ހުއްޓާލާނީތޯ އެހެން ނޫނީ ނުހުއްޓާނެ ތޯ ބުނަން ނޭގެ ކަމަށާއި އެކަން އޮތީ އޭނާ އަމިއްލަ އަތްމަތީގައި ކަމަށެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑްގައި ޒަލަޓަން ހޭދަކޮށްފައިވަނީ ކާމިޔާބު ސީޒަންތަކެއް ކަމަށާއި އެކަން ބަދަލުވެގެން ދިޔައީ މިދިޔަ ސީޒަންގައި އޭނާ އަނިޔާވި ހިސާބުން ކަމަށެވެ.

މޮރީނިއޯ ބުނީ މިސީޒަން ވާނީ ޒަލަޓަން އަނިޔާއިން ސަލާމަތް ވެފައި ވީނަމަވެސް ޓީމުން ޖާގަ ހޯދުން އުނދަގޫ ސީޒަންނެއް ކަމަށާއި ޒަލަޓަންއަށް އެކަން އިނގޭނެ ކަމަށެވެ.އެހެން ކަމުން ޒުވާން ހުނަރު ވެރި ކުޅުންތެރިންނަށް ފުރުސަތު ދޭން އޭނާ ހުރީ އުފަލުން ކަމަށާއި މޮޅެތި ކުޅުންތެރިންނަކީ އެއީ ކަމަށެވެ.

ލީގުގައި މިވަގުތު ޔުނައިޓެޑް 59 ޕޮއިންޓާ އެކު ލީގު ތާވަލްގެ ދެވަނާގައި އޮތް އިރު ލީގު ތާވަލްގެ އެއްވަނާގައި ވާ މެންޗެސްޓަ ސިޓީ އާއި ދެމެދު 16 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.

ލީގުގައި ޔުނައިޓެޑް ކްރިސްޓަލް ޕެލެސްއާއި ބައްދަލު ކުރާއިރު ޗެމްޕިއަން ލީގުގައި ވާދަކުރާނީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ވެލެންސިޔާ އާއި ދެކޮޅަށެވެ.