English Edition
Dhivehi Edition

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ޕިއާނޯ ރައުންޑުގައި ގަދަ 16 ބައިވެރިންގެ ތެރެއިން 8 ބައިވެރިންގެ ހުށަހެޅުން މިރޭ ބެލުންތެރިންނަށް ފެނިގެން ދާނެއެވެ

ރާއްޖޭގެ 3 ސަރަޙައްދެއްގައި އޮޑިޝަން ބޭއްވުމަށްފަހު ޖުމްލަ 33 ބައިވެރިންވަނީ ހޮވާފައެވެ. އެއަށް ފަހު އެ 33 ބައިވެރިންގެ މެދުގައި ތިއޭޓަރ ރައުންޑު ބާއްވާ އޭގެ ތެރެއިން 16 ބައިވެރިން ވަނީ ޕިއާނޯ ރައުންޑަށް ދަތުރު ކޮށްފައެވެ. ޕިއާނޯ ރައުންޑުން ފެށިގެން އައިޑަލްގައި ބައިވެރިން ކުރިޔަށް ދިޔުމުގައި އާންމުންގެ ވޯޓު ބޮޑު ރޯލެއް ކުޅޭނެއެވެ

މިރޭގެ ޝޯ ގައި 8 ބައިވެރިން ލަވަ ހުށަހަޅާނެއެވެ. ގަދަ 12 އިން ޖާގަ ކަށަވަރުކޮށް ގާލާ ރައުންޑުގައި ވާދަކުރާނެ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ އެލިމިނޭޝަން ނައިޓް މާދަމާ ރޭ އޮންނާނެއެވެ

މިރޭގެ ލަވަ ހުށަހަޅައިދޭ ބައިވެރިންގެ ތެރެއިން އެންމެ ކަމުދާ ބައިވެރިއެއް ހޮވުމަށް ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމަޔަށް އެސް.އެމް.އެސް ކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މިރޭގެ ޝޯވ ފެށުނީ 10:30 ގައެވެ. މި ޝޯވ ހުށަހަޅައިދޭނީ މޫސާ ވަސީމު އަދި ޝައިނާ ޝަރީފެވެ. މޫސާ ވަސީމް ވަނީ ކުރީގެ 2 ސީޒަން ވެސް ހުށަހަޅާފައެވެ. ޝައިނާ މި ޝޯވ ހުށަހަޅައިދޭ މިއީ ފުރަތަމަ ފަހަރެވެ