English Edition
Dhivehi Edition

ފްރެންޗައިސް އުސޫލުން ރާއްޖޭގެ ޗެނަލް އަކުން ކުރިއަށްގެންދާ ހަމައެކަނި ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި އައްޑޫސިޓީން ބައިވެރިވި ހަސަން ޝަހުދާނަށް ވެސް ގޯލްޑެން މައިކެއް ލިބިއްޖެއެވެ.

ރޭގެ ޝޯގައި ފުރަތަމަ ގޯލްޑެން މައިކް ލިބުނު ބައިވެރިޔަކީ އުމުރުން 16 އަހަރުގެ އާމިނަތު ސައިނާ މުހައްމަދު ރަޝީދެވެ. ސައިނާ އަކީ ވެސް އައްޑޫ ކުއްޖެކެވެ. ސައިނާއަށް މީގެ ކުރިން އޮޑިޝަންގައިވެސްވަނީ ގޯލްޑެން މައިކްއެއް ހާސިލްކޮށްފައެވެ. ސައިނާގެ އިތުރުން ދެން ގޯލްޑެން މައިކް ހާސިލްކޮށްފައިވަނީ އިތުުރު ތިން ބައިވެރިންނެވެ. އެއީ ޝަމީލުއާއި ޝަހުދާންއާއި ރައިހަންްއެވެ

ރޭ ގެ ޝޯ އާއިއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ އޮޑިޝަންތަކުގެ ޝޯ ތައް މިހާރު ވަނީ ދައްކައި ނިމިފައެވެ.

ޖުމްލަ 33 ބައިވެރިންނާއެކު ފެށި ތިއޭޓަރ ރައުންޑްއިން ޕިޔާނޯ ރައުންޑަށް ހޮވިފައިވަނީ 16 ބައިވެރިންނެވެ. އެއީ، ‎,ތަސްލީމް , ރައިހާން , މުނާޒް , މުރްޝިދް , ނިޝްފާ , ޝަމީލް , ނާޒިހް , އިޝާން , ނައުޝާދް , ޝަހުދާން, ސަލްވާ , ސައިނާ , އަޒަލް , މައިޝާ އަދި އިޝީއެވެ

ތިއޭޓަރ ރައުންޑަށް ފަހު ދެން އޮންނާނީ އައިޑަލްގެ ޕިއާނޯ ރައުންޑެވެ. މި ރައުންޑު ކުރިއަށް ގެންދާނީ ސްޓޫޑިޔޯގައެވެ ތިއޭޓަރ ރައުންޑުގެ ފުރަތަމަ ބުރުގައި ގްރޫޕް ޕަރފޯމަންސްތަކެއް ފެނިގެންދިޔަ ނަމަވެސް ރޭގެ ޝޯވގައި ދެވަނަ ބުރަށް ދަތުރުކުރި ކޮންމެ ބައިވެރިއަކުވެސް ލަވަ ހުށައަޅާދީފައިވަނީ ސޯލޯ ޕަރފޯމަންސެކެވެ

ޕިއާނޯ ރައުންޑަށް ދަތުރުކުރާ ގަދަ 16 ބައިވެރިން މިހާރު ކަށަވަރުވެފައިވާއިރު، މިއަންނަ ހަފްތާގެ ޝޯވތަކާއެކު މި މުބާރާތުގެ ވާދަވެރިކަމާއި، ފޯރި އިތުރަށް ގަދަވެގެންދާނެއެވެ.

އަންނަ ހަފްތާގެ ޝޯވތަކާއެކު އެސް.އެމް.އެސް މެދުވެރިކޮށް ވޯޓިންނަށް ހުޅުވާލާނެއެވެ.