English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ވާދަވެރި މެންޗެސްޓަ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކީ ސިޓީއިން ކާމިޔާބުކޮށްފިއެވެ

ރޭ އާސެނަލްގެ ދަނޑުގައި 3-0 ލަނޑުން އާސެނަލް ސިޓީއަތުން ބަލިވުމުން މިއީ ފަސް ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް އާސެނަލް އަތުން ސިޓީ 3-0 އިން މޮޅުވުވި ދެވެނަ މެޗެއެވެ

ސީޓީއިން ވަނީ އިނގިރޭސި ލީގު ކަޕް ފައިނަލްގައި އިނގިރޭސި ވިލާތުގެ އެންމެ ޝަރަފުވެރި ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީގައި ވެސް އާސެނަލް 3-0 ލަނޑުން ބަލިކޮށްފައެވެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން ސިޓީ މޮޅު ވުމުން ސިޓީއަށް ވަނީ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.ސިޓީއަށް ޗެމްޕިއަންކަން ހޯދުމަށް ދެން ބޭނުން ވާނީ ލީގުގައި ބާކީ އޮތް 11 މެޗުގެ ތެރެއިން 5 މެޗުއެވެ

ރޭގެ މެޗުގައި ސިޓީން ޖެހި ތިން ލަނޑުވެސް ވެސް ފުރަތަމަ ހާފްގައި ކާމިޔާބު ކޮށްފައިވާއިރު ސިޓީގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ހޯދާއި ދީފައިވަނީ ޕޯޗުގަލްގެ ވިންގާ ބެނާޑޯ ސިލްވާއެވެ.އަދި ދެ ވަނަ ލަނޑު ޑޭވިޑް ސިލްވާ ކާމިޔާބުކޮށްދިން އިރު ތިން ވަނަ ލަނޑު ޖަހާފައިވަނީ ލެރޯއި ސާނޭ އެވެ.

ރޭ އާސެނަލް ބަލިކޮށް އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ސިޓީން ހޯދާފައިވާއިރު ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 28 މެޗުން 75 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނާގައި އޮތް ލިވަޕޫލް އަށް ލިބިފައިވަނީ 28 މެޗުން 57 ޕޮއިންޓެވެ.އަދި ރޭގެ މެޗުގައި ބަލިވި އާސެނަލް އަށް ލިބިފައިވަނީ 28 މެޗުން 45 ޕޮއިންޓެއެވެ.